ads
މާޒިޔާގެ ކޯޗު އަދި އިސް އޮފިޝަލުން
މާޒިޔާގެ ނަތީޖާ މެޗަކަށްވުރެ މެޗެއް ދަށް
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރި ދިވެހި ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އިން މެޗަކަށްވުރެ މެޗެއް ދަށް ނަތީޖާއެއް ހޯދައި ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.
Advertisement

ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅުނު ތިން މެޗުންވެސް ބަލިވެ ކަޓާފައިވާއިރު ޓީމުގެ ނަތީޖާ ފެނުނީ މެޗަކަށްވުރެ މެޗެއް ދަށް ކޮށެވެ. ފުރަތަމަ މެޗުން ދެ ލަނޑު އެއް ލަނޑުން ބަލިވިއިރު، ދެވަނަ މެޗުން ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. އަދި ފަހު މެޗުން މާޒިޔާ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ. ފަހު މެޗަށް ނުކުތް އިރު އޮތީވެސް މުބާރާތުން ކަޓާފައެވެ. 

މާޒިޔާއިންވަނީ މި މުބާރާތަށް ތައްޔާރުވުމަށް ދޮޅު މަހެއްހާ ދުވަހު ޕްރެކްޓިސް ކޮށްފައެވެ. މާޒިޔާ ޓީމުގައި ބިދޭސީ ކޯޗަކާ އަދި ބިދޭސީ ފަސް ކުޅުންތެރިން ހިމެނުނު އިރު، ދިވެހި ކުޅުންތެރިންގެ ގޮތުގައިވެސް ތިބީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނެވެ. އެކަމަކު އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ.

އޭއެފްސީން މުޅިން އަލަށް ފެށި މި މުބާރާތުގައި ކުޅުނު ތިން މެޗުން ބަލިވެގެން މާޒިޔާ މުބާރާތް ނިންމާލިއިރު، އޭއެފްސީ ކަޕްގައި މިދިޔަ އަހަރު މާޒިޔާ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ، މުބާރާތް ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެއެވެ.

މާޒިޔާއިން 2013 ވަނަ އަހަރުން ފެށިގެން އޭއެފްސީ މުބާރާތުގައި ކުޅެމުން އައި ނަމަވެސް މިހާތަނަށް އެދެވޭ ކާމިޔާބެއް ލިބިފައެއް ނުވެއެވެ. 

2013 ވަނަ އަހަރުން ފެށިގެން ގަވައިދުން އޭއެފްސީ މުބާރާތުގައި ކުޅުނު ނަމަވެސް މާޒިޔާއަށް އަދި މިހާތަނަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވޭ ވަރެއް ނުވެއެވެ. މާޒިޔާއަށް އޭއެފްސީ މުބާރާތްތަކުން އެންމެ ކުރިއަށްވެސް ދެވިފައިވަނީ ދެ ފަހަރެއްގެ މަތިން މާޒިޔާ ހިމެނުނު ގްރޫޕުގެ ދެވަނަ ހޯދުމާ ހިސާބަށެވެ. ގިނަ ފަހަރަށް މާޒިޔާ ނިންމާލާފައިވަނީ ގްރޫޕުގެ ފުލުގައި އޮވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް