ޑްރަގު އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ތިންމީހެކެވެ. އޭގެތެރޭގައި 18 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.
ހައްޔަރުކުރި މީހުން
ފުލުހުން ބުނީ ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 5 ކިލޯ 936 ގްރާމު ހުރިކަމަށް ފުލުހުން ބުނެއެވެ.
މި ތިން މީހުންގެ ތެރެއިން، އަަޙްމަދު ނަސީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށް ފުލުހުން ބުނެއެވެ.
އޭނާ ހައްޔަރުކޮށް،ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލޭންކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަަހްމަދު ނަސީރު ފަސް ދުވަހަށް، ޢަލީ އައިހަމް 10 ދުވަހަށް އަދި ރޮހަމާން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން މުުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.