ޟަމީރު އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމަށް ރައީސް މުއިއްޒު ގެ ވައުދަކީ ކައުންސިލްތަކަށް މިހާރައްވުރެއް ތަނަވަސްކަމާއިއެކު އާއްމު ހިދުމަތްތައް ރައްޔިތުންނައް ދިނުމަށް މަގުފަހިކޮށްދިނުން ކަަމަށެވެ. އަދި ގާނޫނުގައި އޮތްއޮތުން، ބަޖެޓުގެ ފަސް އިންސައްތަ ބްލޮކް ގްރާންޓްގެ ގޮތުގައި ކަނޑައެޅުމުން، އެ ދާއިރާއިން ލާޒިމްކުރާ ގޮތުގެ މަތިން، ރައްޔިތުންގެ ބޭނުންތަކަށް ހައްލު ހޯދުމުގެ ވަސީލަތްތައް ކައުންސިލްތަކަށް މަގުފަހިވެންގެންދާނެގޮތަށް އޮތްކަަމަށްވެސް މެމްބަރު ޟަމީރު ވިދާޅުވި އެވެ.
ލޯކަލް ޓުއަރިޒަމް މެދުވެރިކޮށް އިތުރު މާލީ އެހީގެ ސަބަބުން އެ ފަރާތްތަކުގެ ބަޖެޓް އިތުރަށް ހަރުދަނާވާނެ ނިޒާމެއް ގާއިމްކުރުމަށް މި ސަރުކާރުން ވިސްނަމުންދާކަމުގެ އިޝާރާތެއް ދީފައިވާކަން ޟަމީރު އޭނާ ކުރެއްވި ޕޯސްޓްގައި ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތްތަކަށް އިންވެސްޓްކޮށް، އާންމު ހިދުމަތްތައް އިތުރުކޮށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ލޯކަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ފެށުމަށް މާލީ ލުއިފަސޭހަކަން ލިބިގެންދާނެކަން އެއީ ޔާގީންކަމެއްކަމަށްވެސް ޟަމީރު އެ ޕޯސްޓްގައި ވިދާޅުވި އެވެ.
ގާނޫނުގައި ކައުންސިލްތަަކަށް، ދައުލަތުން އާމްދަނީގެ ގޮތުގައި 5 އިންސައްތަ ދޭން އޮންނައިރު، ގާނުނާއި ހިލާފަށް ކައުންސިލްތަަކަށް ހައްގުވާ ބްލޮކް ގްރާންޓްގެ ބޮޑު މިންވަރެއް ސަރުކާރުން އުނިކުރިކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެއަށް ރައްދުދެއްވަމުން ޕެޓް ކެޓް ޝެލްޓާހުޅުވުމުގެ ރަސްމިޔާތުގައި ރައީސް ވިދާޅުވީ
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމް ކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައި ނެތަސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާއިރު އެ އަދަދަށް ބަޖެޓު އޮންނާނެ ކަމަށެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34.9 (34 ބިލިއަން) ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.7 (1.7 ބިލިއަން) ރުފިޔާ އެވެ. އެކަމަކު ކައުންސިލްތަކަށް ދިނުމަށް ޖަހާފައި ވަނީ އެއަށް ވުރެ މަދުން އެންމެ 1.4 (1.4 ބިލިއަން) ރުފިޔާ އެވެ.