ފަތިހު ފޯނު ފިހާރައަކަށް ވަދެ ވައްކަންކުރި މީހުން ހޯދަން ފުލުހުން މަސައްކަތް ފަށައިފި
ގުފްތަގް އަޖީރު
04 ނޮވެންބަރ 2024 - 10:24:18
މާލޭގެ މަޖީދީމަގުގައި ހުންނަ ފޯނު ފިހާރައަކަށް ރޭ ފަތިހު ވަދެ ވައްކަންކޮށްފައިވާ މައްސަލައިގައި ޝާމިލުވާ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:35 ހާއިރު "ޒިއޯން މޯބައިލްސް 4" ނަމަކަށް ކިޔާ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، އެތަނަށް ވަދެ ވައްކަންކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެވެ އެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ސީސީޓީވީ ފުޓޭޖުތަކުން ދައްކާ ގޮތުގައި ފުރަތަމަ މަގުމަތިން ހިނގާފައި ދިޔަ މީހަކު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އިތުރު މީހަކު އައިސް ފިހާރައަށް ވަދެ ވައްކަންކޮށްފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އިއްޔެ ވެސް ވަނީ އޯޝަން ނީޓިކަލްސް އިން 67 ކާޓަން ސިނގިރޭޓު ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ފަސް ދުވަހަށް ބަންދުކޮށްފަ އެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް