އޭއީއެޗް އިން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ މި ދެ އޮޕަރޭޝަން ކޮށްފައި ވަނީ 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެކެވެ.
އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ޑރ.ޝާން، ޑރ.މުންޝިދު އަދި ޑރ.ހާޒެމް އެވެ. އޮޕަރޭޝަން ކުރީ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއްގެ އެހީއާއި އެކު އެވެ.

ފާއިތުވި ބުރާސްފަތި ދުވަހު އޭއީއެޗް އިން ވަނީ އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ އުމުރުން 82 އަހަރުގެ އަންހެނެއްގެ ކަށިގަނޑު ތެދުކުރުމަށް ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ.
ދާދި ފަހުން ހުޅުވި އޭއީއެޗްއަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގައި ހިދުމަތްދޭން ފަށާފައި ވަނީ ފަސް ތިއޭޓަރާ އެކު އެވެ.