ބޫން ބޫން ގޮއްވާލައިގެން ވެސް ވައްކަންކޮށްފި: އައިބީ
ގުފްތަގް އަޖީރު
05 ނޮވެންބަރ 2024 - 15:49:03
ރާއްޖޭގައި ޑިމޮކްރަސީގެ ނަމުގައި އެކި ގޮތްގޮތަށް ވައްކަންކޮށް، ބޫންބޫން ގޮއްވާލައިގެން ވެސް ފައިސާ ނަގައިފައިވާ ކަމަށް މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ނުހައްގު މުއްސަނދިކަން ހޯދި ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ މިހާރު ދައުލަތް ވަނީ 127 ބިލިއަން ރުފިޔާއަށް ދަރާފައި ކަމަށެވެ.
"ޑިމޮކްރަސީ އައިއިރު ހުރީ އަލީ ބާބާ އެކަނި. ޑިމޮކްރަސީ އައީމަ އަލީބާބާ 40 ޗޯރު. އިތުރު ވަގުންވީ. ވެގެން ގައުމު ލޫޓުވަނީ. ޑިމޮކްރަސީގެ ނަމުގައި ގައުމު ލޫޓުވަން އައި ބައެއް މިއީ،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ ނުހައްގު މުއްސަނދިކަން ގިނައިން އަންނަނީ ދައުލަތުން ބޭރުން ކަމަށާއި ވަޒީފާއަށް ނުދާ ކުޑަކުޑަ ކުދިން ދުއްވާ ކާރުތައް ފެނުމުން ހައިރާންވާ ކަމަށެވެ. އަދި މިހާރުން މިހާރަށް މި ގާނޫނު އިސްލާހުކޮށް އިތުރު ބަދަލުތައް ގެނެސް ހަރުކަށި އަދަބުތައް ލިބޭ ގޮތަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިބީގެ ވާހަގައިގައި ފާހަގަކުރި ބައެއް މުހިންމު ނުކުތާތައް:
- ދައުލަތް 127 ބިލިއަން ރުފިޔާއަށް ދަރާފައިވޭ
- ނުހައްގު މުއްސަނދިކަން ގިނައިން އަންނަނީ ދައުލަތުން ބޭރުން
- ވައްކަން ހުއްޓުވުމަށް ހަރުކަށި އަދަބު ދޭންޖެހޭ
- ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ
- ޑިމޮކްރަސީގެ ނަމުގައި ގައުމު ލޫޓުވަމުންދާކަމުގެ ތުހުމަތުކުރެއްވި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް