ފިހާރަ ފަޅާލައިގެން ވައްކަން ކުރި މީހާގެ ބަންދަން 20 ދުވަސް
ގުފްތަގް އަޖީރު
05 ނޮވެންބަރ 2024 - 16:03:40
މާލޭގެ މަޖީދީމަގުގައި ހުންނަ ޒިއޯން މޯބައިލްސްގެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މީހާގެ ބަންދު މިއަދު 20 ދުވަހަށް އިތުރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހއ. މާރަންދޫ، ފިނިރޯޅި، އުމުރުން 47 އަހަރުގެ އަހްމަދު ނިޔާޒު ވަނީ އިއްޔެ ފަތިހު 5:35 ހާއިރު ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި އެތަނަށް ވަދެފައިކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ސީސީޓީވީ ފުޓޭޖުން ދައްކާ ގޮތުގައި، އޭނާ ވަނީ އެއްވެސް ބިރުވެރިކަމެއް ނެތި، ހަމަޖެހިލައިގެން ފިހާރައިން ވަގަށް ނެގި ތަކެތި ކޮތަޅުތަކަކަށް އަޅައިގެން ގެންގޮސްފަ އެވެ. އެ ވަގުތު އެ ސަރަހައްދުން ދިޔަ ބައެއް މީހުންނަށް އެ މަންޒަރު ފެނުނު ކަމަށްވެސް ބެލެވެ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުމާ އެކު ވަގަށް ނެގި ބައެއް ތަކެތި ވެސް ހޯދާފައިވާ ކަމަށެވެ. އިއްޔެ ފުލުހުން ބުނެފައިވަނީ 9 ފޯނު ހޯދާފައިވާކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް