އޭޓީޕީ އިވެންޓުގައި ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 37 އަހަރުގެ ޖޮކޮވިޗް މުބާރާތުން ވަކިވީ މުބާރާތުގައި ކުޅެވޭނެތޯ އެންމެ ފަހު ވަގުތާ ހަމައަށްވެސް ބެލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު، އަންނަ ހަފްތާގައި އޮންނަ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.
"އަހަރެން ބަލަން ރާވާފައި ތިބި މީހުންނަށް މާފަށް އެދެން. ހުރިހާ ކުޅުންތެރިންނަށް ވެސް މޮޅު މުބާރާތަކަށް އެދެން. އަވަހަށް ބައްދަލުވާނެ."
ގްރޭންޑް ސްލޭމްގެ ފިރިހެން ސިންގަލްސް މުބާރާތުގެ ރެކޯޑް 24 ތަށި ހޯދާފައިވާ ޖޮކޮވިޗްވަނީ، ގްރޭންޑް ސްލޭމްސް އަށް ފޯކަސް ކުރަން ބޭނުންވާކަން ތަކުރާރުކޮށް ބުނެފަ އެވެ. މާނައަކީ އޭނާގެ ދެން އޮންނަ މުބާރާތަކީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ފެށޭ އޮސްޓްރޭލިއަން އޯޕަންއެވެ.