ads
ފޮޓޯ: އެވްރީތިން ފިޝް ކީޕިން.ކޮމް
ލޮނުފެނުގައި އުޅޭ މަސް އެތެކުރުން މަނާކުރި ސަބަބު ހާމަކޮށްފި
ލޮނުފެނުގެ މާހައުލުގައި އުޅޭ ތަކެއްޗާއި މަސް ރާއްޖެއަށް މިހާތަަނަށް އެތެރެ ކޮށްފައި ނުވާ ސަބަބު ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.
Advertisement

އިއްޔެ ބޭއްވި ނޫސްވެރިންގއެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ނައީމް ވިދާޅުވީ ލޮނުފެނުގެ މާހައުލުގައި އުޅޭ މަސް ރާއްޖެއަށް އެ ތެރެކުރުމުގެ ހުއްދަ ދިނުމުގެ މައްސަލާގައި ފުރަތަމަ ކަމަކަށް އޮތީ  ލޮނުފެނުގައި ދިރިއުޅޭ އެއްޗެއް ރާއްޖެއަށް  އެތެރެކުރާ ކަމަންވާނަމަ އަސްލު އެ  އެއްޗެއް މޫދުގެ މާހައުލަށް ދޫވުމުގެ ސަބަބުން ކޮށްފާނެ އަސަރެއްގެ ސަބަބު ކަމަށެވެ. 

އެހެން ކަމަށްވުމުން ހަގީގަތުގަިއ އެކަންކުރެވޭނީ  ރިސްކް އެސެސްމަންޓްއެއް ހަދާގެން ކަމަށް ޝާފިއާ ވިދާޅުވިއެވެ. އެގޮތުން ފާއިތުވި މިވީހާ ދުވަސްތަކުގައި އެއްޗެހި އެތެރެކުރުމުގެ ހުއްދަ ނުދެވި އޮތް ސަބަބަށް އޭނާ އަލިއަޅުއްވާލިއެވެ.

"އެގޮތަށް އެތެރެ ކުރާއެއްޗެއްގެ ސަބަބުން ރާއްޖޭގެ ލޮނުފެނުގެ މާހައުލު މިއޮންނަނީ، އެ މާހައުލުގައި އުޅޭ އެއްޗެހި އަސްލުގައި ބައްޔެއް އެއްޗެއް ފެތުރިދާނެކަހަލަ ކަމުގެ ބިރެއް އޮވެދާނެ ، އެއަށް ހައްލެއް ގެނެވޭނީ އަސްލުގައި އެކަށިގެންވާ ވަރުގެ ކަރަންޓީން ފެސިލިޓީއެއްގެ ތެރެއިން އެ މަސައްކަތް ކުރެވިގެން ކަރަންޓީން ޕީރިއަޑެއްގެ ތެރޭގައި އެ މަސައްކަތްތައް ، އެ މަސްކޮންމެވެސް ވަަރަކަށް ހިފަހައްޓާ ބަހައްޓާފައި ދެން އާންމުފަރާތްތަަކަށް ދޫކުރެވޭނީ" ފިޝަރީޒް މިނިސްޓްރީނގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ވިދާޅުވިއެވެ.

އެކަމަށް މަގުފަހިކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިވަގުތު އެގްރިކަލްޗާ، އެނިމަލް ވެލްފެއާ މިނިސްޓްރީއާއެކީގައި މަސައްކަތްތަކެެއް ކުރެވެމުން ދާކަމަށް ޝާފިޔާ ވިދާޅުވިއެވެ. 

"އެ މަސައްކަތްތަށް ނިމުމަށްފަހު އަޅުގަނޑަށް ހީވަނީ ، މިނިސްޓްރީން ވިސްނުމެއް އެބަ ހުރި މެރިން އެއްޗެއްސަ ހުއްދަ ދިނުމުގެ" ޝާފިޔާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިނިސްޓްރީން ކަރަންޓީން ފެސިލިޓީއަށް ވަަރަށް ބޮޑު އިމްޕްރޫވްމަންޓްއެއް ގެންނަން ޖެހޭ ކަމަށެވެ. މިހާރު އެއާޕޯޓުގައި މިނިސްޓްރީއަށް ލިބިފައި ހުރި ފެސލިޓީ މީގެ ކުރިން އައީ އެގްރިކަލްޗާ އާއި ފިޝަރީޒް މިނިސްޓްރީ، 2 މިނިސްޓްރީ އެއްކޮށް ބޭނުންކުރަމުން ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ ދަށުގައި އޮތްނަމަވެސް މިހާރުު ފިޝަރީޒް މިނިސްޓްރީގައިވެސް ކަރަންޓީން ކުރަން އަދި ވަކިން ހާއްސަކޮށް މެރިކަލްޗާ ފަދަ ސިނާއަތަަކަށް ހުޅުވާލާއިރު ވަރަށް ބޮޑު ފެސިލިޓީއެއް އޮންނަން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިވަގުތު އެގްރިކަލްޗާގެ ދަށުގައި އެކީގައި މި މަސައްކަޓް ކުރަނީ އެތަނަށް މިގެންނަ ޑިވެލޮޕމެންޓްގެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަޝްވަރާތަކެއްކޮށް ރޭވުންތެރިކަމެއް ރާވަމުން ސީދާ ދުވަހެއް ދަންނަވާކަަށް ނޭންގެ އެހެންނަމަވެސް މެރިކަލްޗާ އަށް ހުޅުވާލާއިރުގައި އެނގޭ އެއްޗަކީ އެއާޕޯޓުގައި ކަރަންޓީން ކުރަން ޖެހޭކަން ، ނަމަވެސް ބޮޑެތި އިންވެސްޓްމަންޓްތައް ކަރަންޓީން ނުކުރެވޭނެކަން ، އިންވެސްޓްމަންޓްސް ހަދާ ފަރާތްތަކުން އެސައިން ކުރާ ތަނެއްގައި ކަރަންޓީން ކުރަން ޖެހޭނީ" ޝިޔާމް ވިދާޅުވިއެވެ.

އެެހެންނަމަވެސް  އުއްމީދުކުރަނީ ފުޅާ ދާއިރާއެއްގައި ކަރަންޓީން ކުރަން ޖެހޭ ފެސިލިޓީއެއް ހުންނަން ޖެހޭނެކަމަށާއި އެހެންކަމުން އެއާ އެކީ އެ މަސައްކަތަަކީ  ހާއްސަ ސަމާލުކަމެއް ދީގެން ކުރާނެ މަސައްކަތެއް ކަަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި  އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މަސައްކަތް ހިމެނޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް