އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް ހަމްނާ އާކުރީ، ހަންގޭރީގައި ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ ތްރީގައި 01.23.76 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. އެ ފަހަރު މި ރެކޯޑް އާކޮށްފައިވަނީ 01.23.81 އިން ރޭސް ފުރިހަމަކޮށްގެން، އައިޝަތު ސާޖިނާއެވެ.