ads
ޝާހްރުކް
50 ކްރޯޑް ރުޕީސް ނުދީފިނަމަ ޝާހު މަރާލަނެ އިންޒާރު
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާން މަރައިލާނެކަމުގެ އިންޒާރާއި އެކު އިންޑިޔާ ފުލުހުން އެލާޓަށް އައިސް އެ މައްސަލަ ބަލަން ފަށައިފިއެވެ.
Advertisement

ޝާހް މަރާލާނެކަމުގެ އިންޒާރު ދީނީ ފޯނުން ގުޅާފައެވެ. ގުޅި މީހާ ބުނީ 50 ކްރޯޑް ރުޕީސް ނުދީފިނަމަ ޝާހު މަރާލާނެކަމަށެވެ. އެއާއި އެކު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މުމްބާއީ ޕޮލިހުން ވަނީ ބަލަން ފަށާފައެވެ.

ޝާހަށް އިންޒާރު ދިން މީހާ އާއި އޭނާ ގުޅި ސަރަހައްދު ފުލުހުން ދެނެގަނެފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. އިންޒާރު ދިން މީހަކޫ ފައިޒަން ކިޔާ މީހެއްކަމަށާއި އޭނާއަކީ ޗަތިސްގަޅްގެ އަށް ނިސްބަތްވާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ހޯދުމަށް ހާއްސަ  ފުލުހުންގެ ޓީމެއް މިހާރުވަނީ ނުކުމެފައެވެ. 

މީގެކުރިންވެސް ޝާހަށް މަރުގެ އިންޒާރު ދީފައި އެބަހުއްޓެވެ. އެގޮތުން އެންމެފަހުން ނުކުތް އޭނާގެ ކާމިޔާބު ފިލްމު "ޕަތާން" އަށްފަހުވެސް ވަނީ މަރުގެ އިންޒާރު ދީފައެވެ.

ޝާހުގެ އިތުރުން ސަލްމާން ހާނަށްވެސް އަންނަނީ މަރުގެ އިންޒާރުތައް ދެމުންނެވެ. މަހާރަޝްތުރާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރި ބާބާ ސިއްދީ އަށް ހަމަލާދީ މަރާލިފަހުން ސަލްމާން ހާނަށް ލިބޭ މަރުގެ އިންޒާރުތައް ވަނީ ގިނަވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް