އެކޯޓުން މިގޮތަށް ހުކުމްކުރީ ރަނަށް ކީ ފައިސާ ނުލިބިގެން އަންހެންމިހާ ކޯޓަށް ދިޔުމުންނެވެ.
މި މައްސލަގައިވާ ގޮތުން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރު ވެސް މި ފިރިހެން މީހާ އެއްވެސް ހަރަދެއް ނުކުރާކަމަށްވެއެވެ އަދި މި ފިރިހެން މީހާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ފަރުވާ ހޯދަމުންދާ މީހެކެވެ.
މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހަށް ބަހާލައިގެން ފައިސާ ދައްކަން ފިރިހެން މީހާ ކޯޓުގައި އެއްބަސްވެފައެވެ. އެހެންކަމުން ކޯޓުގެ ހުކުމްގައި ވަަނީ މި މަހުން ފެށިގެން ކުރިއަށް އޮތް 10 މަހު، ކޮންމެ މަހަކު 8،500ރ. ދައްކާ ގޮތަށް ރަނަށް ކިޔާފައިވާ ޖުމުލަ އަދަދު ދެއްކުމަށް ހުކުމްކޮށްފައެވެ.