ads
ނަދީމް އަދި ރާގިބު
ރާގިބު ބަލައިގަތުމުން ނަދީމްގެ ސުލޫކީ މައްސަލައެއް
ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމްތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ބޯލަނބަން ދެކޮޅު ހެދި ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި އެވެ.
Advertisement

އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި، ސުލޫކީ މައްސަލައަކީ، ކްރިމިނަލް ކޯޓުގެ ގާޒީގެ އަލީ ނަދީމް، ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމާ ދެކޮޅު ހެދި މައްސަލަ އެވެ. 

ސިޔާސީ މަގާމެއްގައި ހުރެ، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހެއްގެ ދިފާއުގައި، ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ކުރީ މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ކޯޓަށް ދިއުމުންނެވެ. ރާގިބަކީ ސުލޫކީ މައްސަލަތަކެއް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރަން ކުރިން ނިންމި މީހެކެވެ.

ރާޣިބަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައި ވަނިކޮށް، ނަދީމު ވަނީ އޭނާ ބަލަމުންދާ މައްސަލައެއް ކަމަށްވާ ކޭޕާކް މަންޑޭގެ މައްސަލައިގައި ރާޣިބު ދިފާއީ ވަކީލެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފަ އެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހަކު އިހްތިޔާރުކުރާ ވަކީލަކު ހަމަޖެއްސުމަކީ ކޮންމެ މީހެއްގެވެސް ހައްގެއް ކަމަށެވެ. ރާގިބު، ދިފާއީ ވަކީލަކަށް ބަލައި ނުގަންނަން ހައި ކޯޓުން އެގޮތަށް ނިންމާފައި އޮތް ނަމަވެސް ނަދީމް ވިދާޅުވެފައިވަނީ ސުލޫކާ ޚިލާފް އަމަލެއްކަން ނުވަތަ ނޫންކަން ކޯޓަށް ނުނިންމޭނެ ކަމަށާއި އެކަން ކުރެވޭނީ ބާ ކައުންސިލަށް ކަމަށެވެ.  

ނަދީމްގެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއަށް ހުށަހެޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން ޖޭއެސްސީން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޖޭއެސްސީން މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ، ސުލޫކީ މައްސަލައެއް ފަނޑިޔާރަކާ ގުޅޭ ގޮތުން ހުށަހެޅުނު ނަމަވެސް އެ މައުލޫމާތު އާއްމުނުކޮށް، އެފަދަ މައްސަލައެއް ބަލަން ނިންމައިފިނަމަ އާއްމު ކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް