ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 20 ވަނަ ނެޝަނަލް ޝޯރޓްޓްރެކް ޗެމްޕިއަންޝިޕް ގައި ހަމްނާ މިރެކޯރޑް އާކޮށްފައިވަނީ 01:22.65 އިން ރޭސް ނިންމައިގެންނެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެފަހުން އާކޮށްފައިވަނީވެސް ހަމްނާއެވެ. އެއީ، މިއަހަރުގެ ސެޕްޓެމްބަރ މަހު ކުރިއަށްދިޔަ ހާޖޮސް އަލްފްރެޑް ކުޕާ 3 ގައި 01.23.76 އިން ރޭސް ނިންމައިގެންނެވެ.