ads
ހޯދަމުން އަންނަ މާކުރަތު ތިންތަރި، އަޙްމަދު ޝާހީން
މާކުރަތުން ގެއްލުނު ޒުވާނާ ފެނިއްޖެ، ހާލު ރަނގަޅު: ޕޮލިސް
ރ. މާކުރަތުން ގެއްލުނު އަހުމަދު ޝަހީން މިހާރު ހޯދިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ރ. މާކުރަތަށް ނިސްބަތްވާ 21 އަހަރުގެ ޝަހީން ފުލުހުން މިއަދު ހޯދަން ފެށީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ރިޕޯޓްކުރުމުންނެވެ.

އަހުމަދު ޝާހީންގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 6 ވަނަ ދުވަހު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެ އެވެ.

ގެއްލިގެން ރިޕޯޓް ކުރިތާ މާގިނައިރެއް ނުވަނީސް ޝަހީން ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވެފައެވެ. އެގޮތުން އޭނާ ފެނިފައިވަނީ މާލެއިން ކަމަށް ފުލުހުން ބުނެއެވެ. 

އަދި ފެނުނު އިރު އޭނާގެ ހާލު ރަަނގަޅުކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް