އެފްއޭއެމުން ޔޫތު ލީގެއް ފަށަނީ
ސްޕޯޓްސް ޓީމް
12 ނޮވެންބަރ 2024 - 21:36:36
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ޔޫތު ލީގެއް ފަށަން ތައްޔާރުވެއްޖެއެވެ.
އެފްއޭއެމުން ޔޫތު ލީގު ކުރިއަށް ގެންދާނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެންނެވެ. ޔޫތު ލީގު ފަށަން ތާވަލު ކޮށްފައި އޮތީ މި މަހު 21 ގައެވެ.
ޔޫތު ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ މުބާރާތް ވެސް އެކީގައި ކުރިއަށް ގެންދަން ރާވާފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑާއި ހެންވޭރު ފުޓްބޯޅަ ދަނޑުގެ އިތުރުން ހުޅުމާލޭ ސްޓޭޑިއަމްގަ އެވެ.
މި މަހުގެ 21 ވަނަ ދުވަހު ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވާއިރު، ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ދަނޑުގަ އެވެ. އަންނަ އަހަތުގެ ޖެނުއަރީ 11 ވަނަ ދުވަހުގެ ނިޔަލަށް 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ލީގު ކުރިއަށް ގެންގޮސް، 16 އަހަރުން ދަށުގެ ލީގު ކުރިއަށް ދާނީ ޖެނުއަރީ 16 ގެ ނިޔަލަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް