ads
ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން
އިދާރީ މައްސަލަތައް ހުރިކަމަށް ބުނެ ޕީއެންސީން ލިސްޓު ބާތިލު
ވެރިކަން ކުރާ ޕީއެންސީގެ ދައިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ އާއްމުކުރި ލިސްޓުގައި އިދާރީ މައްސަލަތައް ހުރިކަމަށް ބުނެ އެ ލިސްޓު އަލުން މުރާޖާކުރާކަމަށް އެ ޕާޓީން ބުނެފިއެވެ.
Advertisement

ޕީއެންސީން މިހެން ބުނެފައި މިވަނީ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ލިސްޓުގައި މައްސަލަތައް ހުރިކަމަށް ބުނެ އެޕާޓީގެ ބައެއް މެމްބަރުން ކަންބޮޑުވުންތައް ފާޅުކުރުމުންނެވެ. އެ މެމްބަރުން ބުނީ އިންތިހާބުގައި ކުރިމަތިލީ ބައެއް ކެންޑިޑޭޓުންގެ ނަންތައް އުނިކޮށް، ކުރިމަތި ނުލާ ބައެއް މީހުންގެ ނަން އިތުރުކޮށް ކެންޑިޑޭޓުންގެ ލިސްޓު  ހުރި ކަމަށެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ އާއްމުކުރި ލިސްޓުގައި އިންތިހާބުގައި ވާދަކުރުމަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުތަކާއި އިޖުރާއަރުތައް ފުރިހަމަވެފައިވާ ކެންޑިޑޭޓުންގެ ލިސްޓާއި ގުޅިގެން ބައެއް ފަރާތްތަކުން ބައެެއް ކަންކަން ފާހަގަކޮށްފައިވާތީ އެކަންކަން ބެލުމުން އެ ލިސްޓުގައި އިދާރީ މައްސަލަތައް ކޮންމެވެސް ވަރަކަށް ހުރިކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން އެ ލިސްޓް މުރާޖާ ކުރަމުންދާކަމަށެވެ. 

ލިސްޓު މުރާޖައާކޮށް، ޝަރުތުތަކާއި އިޖުރާއަތު ފުރިހަމަވާ ކެންޑިޑޭޓުންގެ ފުރިހަމަ ލިސްޓެއް ނޮވެމްބަރު 16 ވަނަ ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށް ޕީއެންސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް