ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން، ސައީދު ވިދާޅުވީ، ބޭރުގެ އެކި ބޭންކުތަކާއި ގައުމުތަކާއި ޖަމާއަތްތަކުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ސަރުކާރުގެ ރިޕޯޓުތަކުން ފެންނަން ހުރީ 4.7 ބިލިއަން ރުފިޔާގެ ހިސާބުތައް އެކަނި ކަމަށެވެ.
ކޮވިޑްގެ ނަމުގައި ވަރަށް ގިނަ ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި، އެ ދުވަސްވަރު ލިބުނު އެހީތަކަށް ހިޔާނާތްތެރިވަމުން ދިޔަ ކަމަށް ޕީއެންސީ-ޕީޕީއެމް ކޯލިޝަނުން ކުރިން ވެސް ތުހުމަތުކުރަމުން ދިޔަ އެވެ.