ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި އެ ބޭނުން ކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވީ މިމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމުން މިއަދުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ވާނައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާވާނެއެވެ.
ވޭޕް އެތެރެކޮށް ވިއްކުމުގެ އަދަބުތައް
ވޭޕް ބޭނުންކުރުން މަނާވާ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ އަދަބުތައް
މި ބަދަލާއި އެކު އަމިއްލަ މީސްމީހުންގެ ގޭގައި ހިންގާ ސަރުކާރުގެ އޮފީސް އިމާރާތްތަކުގައިިވެސް ދުންފަތުގެ އިސްތިއުމާލްކުރުން މަނާވާނެއެވެ.
މީގެ އިތުރުން މި ވަގުތުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު މިހާތަނަށް އޮތީ 18 އަހަރުން މައްޗަށެވެ.