ޕޯޗުގަލްއިން ރޭވަނީ ގްރޫޕް އެކެއްގައި ޕޮލެންޑް އަތުން ފަސް ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވެފައެވެ. ރޭގެ މެޗުގައި ޕޯޗުގަލް އަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލުގެ އިތުރުން، ރަފައެލް ލެއާއޯ، ބްރޫނޯ ފެނާންޑޭސް އަދި ޕެޑްރޯ ނެޓޯ އެވެ. ރޮނާލްޑޯ، 39، މި ފަހަރުގެ ނޭޝަންސް ލީގުގައި ރަނގަޅު ފޯމެއްގައި ހުރިއިރު، އޭނާ މި ވަނީ ފަސް މެޗުން ފަސް ގޯލު ޖަހައިފަ އެވެ. ރޭ ރޮނާލްޑޯ ޖެހި އެއް ލަނޑަކީ އޯވަހެޑަކުން ޖެހި މޮޅު ލަނޑެކެވެ.
ޕޯޗުގަލް ކުއާޓާ ފައިނަލުގެ ޖާގަ ޔަގީންކުރީ، ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ.
ކުއާޓާ ފައިނަލުން ޕޯޗުގަލްގެ އިތުރުން ޖާގަ ޔަގީންކުރީ ސްޕެއިނާއި ޖަރުމަނުގެ އިތުރުން، އިޓަލީ އާއި ފްރާންސް އެވެ.