ads
އޭދަފުށީ ހައުސިން މަޝްރޫއުގައި ސޮއިކޮށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުން
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގައި ސޮއިކޮށްފި
ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
Advertisement

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ސައިނޯހައިޑްރޯ ކޯޕޮރޭޝަންއާ އެވެ.

މަޝްރޫއު ގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު ރައީސް އޮފިހުގަިއ ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. އެގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރަތާތުން އެއްބަސްވުމުގަިއ ސޮއި ކުރީ މިނިސްޓަރު އަބްދުލް މުއްތަލިބް އެވެ. އަދި ސައިނޯހައިޑްރޯގެ ފަރާތުން އެއްބަސްވުމުގަިއ ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖާ ޕާންކް ކްވާންޝޫ އެވެ.

ރަސްމިޔާތުގައި ވާހަަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރެވު އެއްބަސްވުމަކީ މިއަހަރުގެ މޭ 8 ވަނަ ދުވަހު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި، އޭދަފުށީ ކައުންސިލްއާއި ހައުސިން މިނިސްޓްރީއާއެއްކޮށް ޓެކްނިކަލް މަސައްކަތްތަކެއް ކުރެވި އޭދަފުށީގައި އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް ޑިސައިން ކުރެވި، ޑީޓެއިލް ޕްރޮޕޯސަލް ހުށަހެޅުމަށް ސަރުކާރުން ކޮންޓްރެކްޓަރާއެއްކޮށް މަޝްވަރާކުރެވި އެއްބަސްވެވިގެން ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމެއް ކަމަށެވެ.

މީގެ ދަށުން ސަރުކާރުން ޕްލޭންކޮށްފައޮވަނީ 15 ބުރީގެ 12 ޓަވަރު އެޅުމަށް ކަަމަށާއި އެ ވަަރަށް ޓަވަރު އެޅުމުގެ މައިގަނޑު މަގްސަދަކީ އޭދަފުށްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އާބާން ސެންޓަރަކަށްވުމާ އެރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުން ކަަމަށް މުއްތަލިބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރެއިން ބިން އިތުރު ކުރެވެން ނެތުމާއެއްކޮށް ވާޓިަކލް ޑިވެލޮޕމަންޓްއަކީ މުހިއްމު ކަމެއްގޮތުގައި ގަބުލުކުރެވޭތީ، އެގޮތުން 3 ރޫމް ގެ 336 ފްލެޓާ، 2 ރޫމްގެ 672 ފްލެޓް ޕްރޮޖެކްޓް ތެރޭގައިި ހިމެނޭ" މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

އޭދަފުށީ ވަށައިގެންް ގިނަ ރިސޯޓްތައް ހުރުމާއެކު ރައީސް މުއިއްޒުގެ ވަރަށް މުހިއްމު ވައުދުފުޅެއްގެ ތެރެއިން ހިމެނޭ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް، މަސައްކަތް ކުރާ ސަރަހައްދުން އާއިލާ ދިރިއުޅެވޭނެގޮތަށް ބޯހިޔާވަހިކަމަށް ފުރުސަތު ދެއްވުމުގެ ވައުދުގެ ތެރެއިން އޭދަފުއްޓަކީ ހައުންސިން ޔުނިޓް އެޅުމަށް ރަނގަޅު ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓް ނިމުމުން ރައީސް ޑރ. މުއިއްޒުގެ ގެ މުހިއްމު ވައުދުފުޅެއްކަމަށްވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަަކަށް ބޯހިޔާވަހިމުގެ ފުރުސަތު، އެ ބޭފުޅުން މަސައްކަތް ކުރާ ސަރަހައްދާ ކައިރިން ލިބުމަށް މަގުފަހުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައިނޯހައިޑްރޯ އަކީ ޗައިނާ ސަރުކާރުގެ ހައިޑްރޯ ޕަވާ އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އަހަރީ އާމްދަނީގެ ރޭންކިންގައި 2012 ވަނަ އަހަރުގެ އިންޖިނިއަރިން ނިއުސް- ރެކޯޑް ޓޮޕް 225 ގްލޯބަލް ކޮންޓްރެކްޓާސްގައި ޖުމްލަ މަގާމުގެ ގޮތުން 14 ވަނައިގައި، އަދި ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން އެ ކުންފުނި އޮތީ 6 ވަނައިގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް