އުމުރުން 40 އަހަރާއި ގާތްވެފައިވާއިރުވެސް ރޮނާލްޑޯ އަންނަނީ އަދިވެސް ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ކުޅެމުންނެވެ. މި ހަފްތާގައި ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްއިން ކުޅުނު މެޗުގައިވެސް ދެ ލަނޑު ރޮނާލްޑޯ ޖެހިއެވެ. އެކަމަކު އޭނާވަނީ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއް ފަހު މެޗަށް ފަހު ދީފައެވެ.
މިވަގުތު ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އަށް ކުޅެމުން އަންނަ ރޮނާލްޑޯ އަށް އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި 40 އަހަރުފުރޭނެއެވެ. ރޮނާލްޑޯގެ ވަނީ، ފުޓްބޯޅަ ކުޅުން ހުއްޓާލިނަމަވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްނުކުރާނެ ކަމަށް ބުނެފައެވެ.