މިއީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ.
ބޭރު ފައިސާއިން ކުރަންޖެހޭ ހަރަދުތައް ކުރުމުގެ ގާބިލްކަން އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމަށް ބަޖެޓު ފޮތުގައި ވަނީ ބަޔާންކޮށްފަ އެވެ.
ނަމަވެސް މި ޗާޖުން އަންނަ އަހަރު ލިބޭނެ އާމްދަނީގެ އަދަދެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ. އަދި މި ޗާޖު ނަގަން ފަށާނެ ތާރީހެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.