ads
ތިނަދޫ އުތުރު ދައިރާގެ މެމްބަރުން ސައުދުﷲ ހިލްމީ
އިޒްރާއީލާ ދެކޮޅަށް އަރަބިން ނަޅާ ފިޔަވަޅެއް ރާއްޖޭން އަޅަން ޖެހޭތޯ: ސައުދު
އިޒްރާއީލާއި މެދު އަރަބިން ނަޅާ ފިޔަވަޅެއް ރާއްޖެއިން އަޅަންޖެހޭތޯ ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދައިރާގެ މެމްބަރުން ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
Advertisement

އިޒްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުން މަޖިލިހަށް ހުށައަޅާފައިވާ ބިލްގެ މަސައްކަތް ކުރިޔަށް ނުދާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރުން މުހައްމަދު އިބްރާހިމް ވަނީ މިއަދު މަޖިލިހަށް ގަރާރެއް ހުށައަޅާފައެވެ. 

މި ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ސައުދުﷲ ހިލްމީ ވިދާޅުވީ ދިވެހިންނަކީ ފަލަސްތީނު ރައްޔިތުންނާއި ދީނީ ގޮތުން ގުޅުން އޮތް ބައެއް ނަމަވެސް ވަށައިގެން އޮތް އަރަބި ގައުމުތަކީ އެއަށްވުރެ ގާތް ގުޅުމެއް ފަލަސްތީނާއި އޮތް މާ މުއްސަނދި ފޯރާ ބައެއްކަމަށެވެ. އެހެންކަމުން އެމީހުން ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅަންޖެހޭތޯ ސައުދު ވަނީ ސުވާލު އުފައްދަވާފައެވެ. 

" އަޅުގަނޑުމެންނަކީ ފަލަސްތީނު ރައްޔިތުންނާއި ދީނީ ގޮތުން އެއްބަނޑު އެއްބަފާ ބައެއް. އެހެންނަމަވެސް ފަލަސްތީނުގެ ވަށައިގެން އެތިބަ އަރަބިންނަކީ އާއިލާ ގޮތުންވެސް ދަރިފަސްކޮޅުގެ ގޮތުންވެސް އަދި ދީނީ ގޮތުންވެސް އެއްބަނޑު އެއްބަފާ ބައެއް. އެހެންކަމުން އަޅުގަނޑުމެންނަށް ވުރެ މާ މުއްސަނދި މާ ފުދުންތެރި އަދި ފަލަސްތީނު ރައްޔިތުންނާއި އެހާ ގާތްބަޔަކު ނާޅާ ފިޔަވަޅެއް އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާއި މެދުވެސް ވިސްނަންޖެހޭ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މެމްބަރުން މަޖިލިހަށް ރައްޔިތުން ފޮނުވީ އެމީހުންގެ ބަސް އިއްވަންކަމަށެވެ. ސައުދު ވިދާޅުވީ އިޒްރާއިލް މީހުންނަށް ރާއްޖެ ނާދެވޭނެ ގޮތަށް ނިންމުން ރާއްޖެއަށް ކުރާނީ ފައިދާ ތޯ ނޫނީ ގެއްލުންތޯ ނިންމަންޖެހޭކަމަށެވެ. 

" އަޅުގަނޑުމެންގެ ގައުމު ހާލަތު މިއަދު މިއޮތީކީ އެހެން އެއްވެސް ގައުމަކާއި ޖެހިގަނެގެން އުޅެވޭފަދަ ހާލަތެއްގައެއް ނޫން. އަޅުގަނޑުމެންގެ ހާލަތަކީ ހުރިހާކަމަކަށްވެސް ބަަލައިގެން ފިޔަވަޅު އަޅަންޖެހޭ ހާލަތެއް." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރުމާއި މެދު އަދި އިތުރަށް ވިސްނަންޖެހޭކަމަށެވެ. 

ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ރާއްޖެ ވަނުން މަނާކުރަން މަޖިލިހަށް ހުށައެޅީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ.  

 

މި ބިލަށް ވަނީ އާއްމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް