ads
އަލީ ހުސެއިން--
ގާނޫނު އަސާސީއަށް ގެނައި ބަދަލު މިހާރު ތިބި މެމްބަރުން މައްޗަށް ނުހިނގާނެ: އަލީ ހުސެއިން
ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލު މިހާރު ތިބި މެމްބަރުން މައްޗަށް ނުހިނގާނެކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
Advertisement

ގާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށައެޅިއްވި ބަދަލުތައް އިއްޔެ ވަނީ 78 މެމްބަރުންގެ ވޯޓާއި އެކު ފާސްކޮށްފައެވެ. އަދި މި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ތަސްދީގުކުރައްވާފައެވެ. 

މި އިސްލާހާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްތިތުން ވޯޓަކުން ހޮވާ މެންބަރުން ވަކިކޮށް ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް ދިނުން ގޯސްކަމަށެވެ. އަދި އިއްޔެ މަޖިލީހުން ފާސްކުރި އިސްލާހު މިހާރު މަޖިލިހަށް ހޮވިފައިވާ މެމްބަރުންގެ މައްޗަށް ނުހިނގާނެކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ. 

" 20 ނޮވެންބަރު 2024 ގައި ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރުންގެ މައްޗަކަށް ނުހިނގާނެ. ފަހުން ހެދި ގާނޫނެއް ކުރިން ހިނގާފައިވާ ކަމަކަށް ނުވަތަ މާކުރިން މަޖިލީހަށް ހޮވިފައިވާ ބައެއްގެ މައްޗަށް ރެޓްރޮސްޕެކްޓިވްކޮށް ތަޠުބީޤެއް ނުކުރެވޭނެ." އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ހަމަޖެހުމަށް ނިންމި މުހިއްމު ނިންމުތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އެހެންނަމަވެސް މި ނިންމުމާއި ބައެއް ގާނޫނީ ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ދެކޮޅެވެ. އެ ނިންމާއި ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނަނީ އިއްޔެގެ ނިންމުމަކީ ގާނޫނުއަސާސީ އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއްކަމަށެވެ. އަދި އިއްޔެ އިސްލާހު ގެނައި ގޮތުން ރައްޔިތުންގެ ބާރު ކަނޑުވައިލެވޭ ކަމަށެވެ. 

ގާނޫނު އަސާސީއަކީ އެކަށޭނަ އިޖުރާއަތެއް ނެތި ހިތުހުރި ގޮތަކަށް ބަދުލުވާ އެއްޗަކަށްވިޔަ ދީގެން ނުވާނެކަަމަށް ބުނެ އެ ފަރާތްތަކުން އަންނަނީ އެ މައްސަލަ ސްުޕްރީމްކޯޓަށް ހުށައެޅުމަށް ބާ ކައުންސިލަށް ގޮވާލަމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް