ads
ދިޔާނާ ސައީދު އަދި ފާރިސް މައުމޫން
އިސްލާހާއި ދެކޮޅަށް ކޯޓަށްދާން ގޮވާލާ އަޑު ގަދަވަނީ
ޕާޓީ ބަދަލު ކުރުމުންނާއި ޕާޓީން ވަކި ކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލު ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ ސައްހަކަން ކަށަވަރުކުރުމަށް ކޯޓަށް ދާން ބައއް ސިޔާސީ މީހުން ގޮވާލައިފިއެވެ.
Advertisement

ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް ހުށައެޅި އިސްލާހު މިއަދު މަޖިލީހަށް ހުށައަޅާ ގާތްގަޑަކަށް 6 ގަޑިރުގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ. އަދި އިރުއޮއްސެނިކޮށް މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުއިއްޒު ވަނީ މިރޭ ތަސްދީގުކޮށް ގެޒެޓްގައި ޝާއިއުކޮށްފައެވެ. 

މިކަމާއި ގުޅިގެން ސިޔާސީ ބައެއް މީހުން އަންނަނީ އެ ބިލްގެ މައްސަލަ ކޯޓަށް ހުށައެޅުމަށް ގޮވާލަމުންނެވެ. 

ކުރީގެ ބަންޑާރަ ނައިބު ދިިޔާނާ ސައީދު ވިދާޅުވީ ގާނޫނު އަސާސީއަށް މިއަދު އިސްލާހު ގެނައި ގޮތުން ރައްޔިތުންގެ ބާރު ކަނޑުވައިލެވޭ ކަމަށެވެ. އަދި ގާނޫނު އަސާސީއަކީ އެކަށޭނަ އިޖުރާއަތެއް ނެތި ހިތުހުރި ގޮތަކަށް ބަދުލުވާ އެއްޗަކަށްވިޔަ ދީގެން ނުވާނެކަަމަށާއި މިއަދު ގެނައި ބަދަލާއެކު ރައްޔިތުންނަކީ އަގެއް ނެތް، ބާރެއް ނެތް ބަޔަކަށް ހެދުމަށް ފުރުސަތު ދެވޭކަމަށެވެ. 

ދިޔާނާ ވަނީ މިއަދު ގެނައި ބަދަލު ކޯޓްގުގައި ޗެލެންޖުކުރުމަށް ބާ ކައުންސިލަށް ގޮވާލާފަ އެވެ.

ދިޔާނާގެ އިތުރުން ފާރިސް މައުމޫންވެސް ވަނީ ރައްޔިތުން މަޖލީހުން މިއަދު ގެނައި އިސްލާހުގެ މައްޗަށް ކޯޓަށް ހުށައެޅުމަށް ގޮވާލާފައެވެ. 

ފާރިސް މައުމޫން ވިދާޅުވީ މިއަދު ގެނައި ބަދަލަކީ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއްކަމަށެވެ. އެހެންކަމުން މިބަދަލުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް، ބާ ކައުންސިލަށާއި ގާނޫނީ ވަކީލުންނަށް ފާރިސް މައުމޫން ވަނީ ގޮވާލައްވާފައެވެ. 

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށައެޅުއްވި އިސްލާހުތައް ގާނޫނު އަސާސީއަށް ގެންނަ ފެންނަކަމަށް 78 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓް ދެއްވީ 13 މެމްބަރުންނެވެ. 

މި އިސްލާހުތައް މަޖލީހުން ފާސްކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހްތިޖާޖުކުރަމުން ދަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް