ޕާސްޕޯޓު މަނާކުރަންވީ ހަމައެކަނި ޖަރީމާތަކުގައި ބައިވެރިވާ މީހުންނަށް: ނާޒިމް
ގުފްތަގް އަޖީރު
21 ނޮވެންބަރ 2024 - 12:51:37
އިޒްރޭލް ޕާސްޕޯޓު އޮތް އެންމެން ރާއްޖެ އައުން މަނާކުރުމުގެ ބަދަލުގައި، ފަލަސްތީނުގައި ހިންގާ އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގައި ބައިވެރިވާ މީހުންނަށް އެކަނި އަމާޒުކުރަން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓު އޮންނަ އެތައް ބަޔަކު ސައުތު އެމެރިކާ އާއި އެމެރިކާ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި އުޅޭ ކަމަށެވެ. އަދި ޖޯޑަން އާއި އަރަބި ބައެއް ގައުމުތަކުގެ ރައްޔިތުން ވެސް އިޒްރޭލް ޕާސްޕޯޓު ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބުރައެއް ނުވާނެ އިޒްރޭލް ޕާސްޕޯޓަކަށް ވީތީ ބޭން ކުރާކަށް. އދ. އިން ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަނީ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ ނުވަތަ އިންސާނީ ހައްގުތައް ހިފެހެއްޓުމުގައި އުޅޭ މީހުންނަށް،" ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުން އިޒްރޭލް ޕާސްޕޯޓު އެއްކޮށް މަނާކުރަން ނިންމި ނަމަވެސް، މަޖިލީހުން ދިރާސާކޮށް އެހެން ގޮތަކަށް ލަފާދިނުމުގެ ފުރުސަތު އޮތް ކަމަށް ނާޒިމް ވިދާޅުވި އެވެ. މި މައްސަލައިގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ ބައްދަލުކުރަން 241 ކޮމިޓީން ވަނީ ނިންމައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް