ads
ބޭސް ފިހާރައަކުން މީހަކު ބޭސް ގަންނަނީ: - ފޮޓޯ:އަވަސް
އާދިއްތަ ދުވަހުން ފެށިގެން އާސަންދައިން ބޭސް ނެގުމަށް ޑިސްޕެންސް ކޯޑު ބޭނުންވާނެ
އާސަންދައިން މާދަމާއިން ފެށިގެން ބޭސް ދޫކުރުމުގެ ނިޒާމަށް ބަދަލެއް ގެނެސްފި އެވެ. އެގޮތުން ބޭސް ނަގަން އަންނަ ފަރާތްތަކަށް ޑިސްޕެންސް ކޯޑެއް ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
Advertisement

އާސަންދައިން ބުނީ ބޭސް ނަގަން އަންނަ ފަރާތުގެ އައިޑީ ކާޑު ފާމަސިސްޓަށް ދެއްކުމަށްފަހު، އެ ފަރާތުގެ ފޯނު ނަންބަރު ދިނުމުން ޑިސްޕެންސް ކޯޑު ފޮނުވާނެ ކަމަށެވެ. އަދި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ އެ ކޯޑު އާސަންދަ ޕޯޓަލަށް އެންޓާ ކުރުމަށްފަހު ކަމަށް ވެސް އެ ކުންފުނިން ބުނެފި އެވެ.

މި ބަދަލަކީ އާސަންދައިގެ ދަށުން ދޫކުރާ ބޭސް ސިޓީއަށް ބޭސް ނަގަން ނުދަނީސް ބިލް ކުރުން ހުއްޓުވުމަށް ގެނައި ބަދަލެކެވެ. މި ހިދުމަތް މެދުކެނޑުމަކަށްފަހު އަލުން ފެށުމަށް އާސަންދައިން ނިންމީ ބޭސް ނެގުމުގައި ދިމާވާ މައްސަލަތަކާއި އާންމުންގެ ޝަކުވާތަކަށް ހައްލު ހޯދުމަށެވެ.

މިހާރު ބޭސް ނަގާއިރު ބޭނުންވަނީ ހަމައެކަނި ބޭސް ސިޓީ އެކަނި ނަމަވެސް މާދަމާއިން ފެށިގެން ބޭސް ދޫކުރާއިރު، ފޯނަށް އަންނަ ޑިސްޕެންސް ކޯޑު ޖަހަން ޖެހޭނެ އެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް