އޭޝިއާގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގަތަރުގެ އަލް ގައްފާރާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއެވެ.
ގަތަރުގެ ދޯހާގައި ކުޅުނު މި މެޗު އަލް ނަސްރު އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ވެސްޓް ޒޯނުގައި ވާދަކުރާ 12 ޓީމު ހިމެނޭ ލީގު ތާވަލުގެ ދެވަނަ މަގާމު ލިބިފަ އެވެ.
އަސް ނަސްރަށް 5 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެއްވަނައިގައި އޮތް ސައުދި އަރަބިއްޔާގެ އަލް އަހްލީ އަށް ފަސް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. އަދި މި މެޗުން ބަލިވުމާއެކު އަލް ގައްރާފާ އަށް ފަސް މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 8 ވަނައަށް ވެއްޓިފަ އެވެ.