މިމައްސަލައާއި ގުޅޭގޮތުން ސިއެންއެމްއަށް މައުލޫމާތު ދިން ފޭދު ރައްޔިތު މީހާ ބުނީ އަންބުގަސްތައް ކަނަޑާލިއިރު މާ އަޅާ،އަނބުވެސް އަޅާފައި ހުރިކަމަށެވެ. އަދި އަނބު ގަސްތައް ކެޑީ ބައެއް ގޭގެއިން ހުއްދަ ވެސް ނުނަގާ ކަަމަށެވެ.
ތަންކޮޅެއް ކުރިން ބޮކި އަލި ނުހުންނަ ގޭގެގައި އަނބުގަސްތައް ކަަނޑަން ކައުންސިލުން ރައްޔިތުންނަށް އެންގި ކަމަށާއި ދިން މުއްދަތަށް ނުކަނޑާފިޔާ ކަަނޑާނެ ވާަހަކަ ކައުންސިލުން އެންގިކަމަށް އޭނާ ބުނެއެވެ. އެގޮތުން އަނބުގަސްތައް ކޮށަން ފެށީ މީގެ 2 ހަފްތާވަރުކުރިން ކަަމަށާއި ގަސްތައް ކެނޑުމަށް ކައުންސިލުން އެކި ފަހަރު މަތިން ދެއްކީ އެކި ވާހަކަ ކަމަށް އޭނާ ހާމަކުރިއެވެ.
އަސްލު ހަގީގަތުގައި މަގުމައްޗަށް ގޮފިތަށް ވެރިފައި ހުންނަ ކަަމަށާއި އެތަން ތަން އަދި ކަނޑާލުމަކުން އެއީ މައްސަލައެއް ނޫން ކަަމަށް ފޭދޫ ރައްޔިތާ ބުނެއެވެ. އަނބުގަހުގެ ބޮޑެތި ގޮފިތަށް ކޮށާލުމުން ފނި ހިޔަލުން މަހުރޫމްވެ ވަރަށް ހޫނު ކަން ރައްޔިތުން އިހުސާސްކުރަން ޖެހޭކަމށާއި އެހެން ކަމުން އެންމެ ބޮޑު މައްސަލައަކީ ހޫނު ގަދަވުން ކަން އޭނާ ފާހަގކުރެއެވެ. އެހެންކަމުން މަގުމަތީގައި ހިޔާ ރައްޔިތުން ވަަަރަށް ނުރުހުން ފާޅުކުރި ކަމަށް އޭނާ ބުނެއެވެ.
މީގެއިތުރުން މިމައްސަލަގައި އިތުރު މީހެއްގެ ހިޔާލުހޯދުމަށް ސީއެންއެމް އިން ވަނީ ފޭދޫގެ ކުރީގެ ރަށްކުރާ ކޮމިޓީ މެންބަރަކާ ވާހަަކަދައްކާފައެވެ.
ފޭދޫގެ މަގުތަކުގެ ކަންމައްޗަށް ގޮފިތައް ހުންނަކަމަށް ވެއްޖެއާމުން ކައުންސިލުން ޖެހޭނީ 12 ފޫޓަށް ވުރެއް ތިރި ކޮށަން ކަަމަށާއި 12 ފޫޓަށް ވުރެ މައްޗަށް ކޮށާގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނބުގަސްތައް ކޮށާލުމުގެ ބަދަލުގައި ފޭދޫގެ ގިނަ ތަންތާ ހުރި ، މަގުތަކުގެ ވިނަ ނޮޅާ މަގުތައް ސާފުކުރުން މާބުއްދުވެރިކަަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލުން އެފަދަކަންކަން ކުރުމުގެ ސަބަބުން ސަރުކާރު ދެކެ ރައްޔިތުން ރުޅި އަންނަ ހާލަތަށް އައިސްފައިވާ ކަމަށާއި އެފަދަ ކަމެއް ކުރުމުން އެމީހުނަށް ސިފަވަނީ އެއީ ސަރުކާރުން ކުރާ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެފަދައިން ގަސްތަށް ކޮށާ ހުސްކޮށްލުމަކީ ވަގުުތުން ވަގުތައް ހުއްޓާލަން ޖެހޭ ކަމެއް ކަަމަށާއި އެހެން ރަށްރަށުގައއވެސް އެކަން ކޮށްގެން ނުވާނެ ކަމަށް ބުނެ އޭނާ ވަނީ އިންތިހާއަށް ނުރުހުމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގަސްތައް ބިޔަ ކަމުން ކެމެރާއަށް ނާރާ ވާހަކައާއި ، އަނދިރިކަމުން މުސްކުޅިންނަށް މިސްކިތް ދޮށަށް ނަމާދަށް ނުދެވޭ ކަމަށް ކައުންސިލުން ބުނާ ވާަހަކަ އެއީ ހުސްދޮގު އަދި މުޅިން ރަނގަޅު ނޫން ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިމއްސަލާގައި ސީއެންއެމްގެ ނިއުސްޓީމުން އައްޑޫ މޭޔަރުގެ ބަހެއް ހޯދަން ގުޅިނަަމަވެސް މޭޔަރުގެ ޖަވާބެއް ނުލިބެއެވެ.
ފޭދޫގެ އިތުރުންވެސް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ހޭޅިފަށް ނައްތާލަމުންދާ މައްސަލަ ބެލުމަށް މަދަނީ ޖަމިއްޔާތަކުން ވަނީ މިހާރު ގޮވާލަފައެވެ.މި މައްސަލަ ބެލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށާއި ކަމާ ގުޅޭ އިދާރާތަކަށް ގޮވާލުމާއެކު، އައްޑޫ ސިޓީ ކައުންސިލުން މިކަން ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެފައިވެއެވެ.
މަދަނީ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ، ހުޅުމީދޫ، މީދޫ އަދި ގައުކެނޑި އާއި ހަންކެޑަ ފަދަ ރަށްތަކުގެ ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. މިކަން ކުރަމުންދަނީ އީޕީއޭގެ ހުއްދަ ނުހޯދައި، ތިމާވެށްޓަށް ކުރާނެ އަސަރު ދިރާސާ ނުކޮށް، އަދި ރައްޔިތުންގެ ހިޔާލު ނުހޯދައި ކަމަށް ބުނެއެވެ.