ޖެނުއަރީ ފަހުކޮޅު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތް ކުރަމުން އަންނައިރު، މާޒިޔާ އިން ޕްރެކްޓިސް ފެށީ އެ ޓީމުގެ ބިދޭސީ ކޯޗާއެކު އެވެ.
މާޒިޔާއިން ޕްރެކްޓިސް ފެށިއިރު، އެ ޓީމުންވަނީ ދާދި ފަހުން ނިމުނު، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ. އެކަމަކު އެ ޓީމުވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެފައެވެ.
އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ޖެނުއަރީ 24 ވަނަ ދުވަހު ކުޅޭނީ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗެވެ. އަދި ސީޒަނުގެ ފުރަތަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕް ފަށާނީ ޖެނުއަރީ 29 ގަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގު ފަށަން ޝެޑިއުލްކޮށްފައިވަނީ، ފެބްރުއަރީ 25 ވަނަ ދުވަހު އެެެވެ.
މާޒިޔާ ނޫން ކުލަބަކުން އަދި ޕްރެކްޓިހެއް ނުފަށައެވެ.