 
                                                                                                
                    ހަ އްޔަރުކުރި މީހަކީ 40 އަހަރުގެ އިބްރާހިމް ނިމާޒްއެވެ. އޭނާ ހައްޔަރުކުރީ ފެމިލީ ކޯޓުން ނެރުނު ރައްކާތެރިކަމުގެ އަމުރާ ހިލާފުވެ، މަންމައަށް އަނިޔާކޮށް، ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ބަންދު އަމުރު ނެރުނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ފަނޑިޔާރު ނިންމެވި އެވެ.
ފެމިލީ ކޯޓުން ކުރިން ބުނެފައިވާ ގޮތުގައި މިފަދަ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދޭ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ވެސް މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރުނު ދަރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ.