އެމްއެމްއޭ އިން ފާސްކޮށްފައިވާ އާ ގަވާއިދުގެ ދަށުން ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކުތަކަށް މާރުކުރަން ޖެހެ އެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހެ އެވެ.
ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކާއި ހޮޓާތަކުން ވެސް މި ގަވާއިދާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައިވެ އެވެ. އަދި އިތުރު ޝަކުވާތައް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހިންގަމުންދާ 174 ރިސޯޓުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓެއް ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފަ އެވެ. އަދި ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ 60 ޕަސަންޓު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަން ޖެހޭނެ އެވެ.