މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 300 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ވަނީ ބައިވެރިވެފަ އެވެ.
މި ހަރަކާތުގެ ތެރެއިން ދުވުން ނިންމާލުމަށްފަހު ބޭންކުން ވަނީ ޑައިބެޓިކް ސޮސައިޓީއަށް 50،000 ރ. ހަދިޔާކޮށްފަ އެވެ.
މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތައްކުރާ ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލްގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ ބީއެމްއެލް ސްޓާފް ޗެރިޓީ ރަން އަކީ 2017 އިން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.