މިއީ "އަވަށްޓެރިންގެ ނާސްތާ" ނަމުގައި ހުޅުމާލެ ޕޮލިސް އާއި ހިޔާ ޓަވަރު 9 އަދި 10 ގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މިފަދަ ކޮންމެ ހަރަކާތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ޓަކައި ފުލުހުން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. މި ފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭނެ މުހިންމު ހަރަކާތްތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފަހަކަށް އައިސް، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ބައެއް މީހުން ކުށްތަަށް އަރައިގަންނަ މައްސަލަތައް ވަނީ ފާހަގަވެފަ އެވެ. އެގޮތުން މީހުން ރަހީނު ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ ފާހަގަ ކުރެވިފަ އެވެ.