މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި މިވަނީ ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު މިސް ހަނާން ސުލައިމާން މިއަދު އެންވަޔަރަަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މައުލޫއަކީ ތިމާވެށި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން މަންހަޖު މުރާޖަކުރުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އަދި ބޭނުންވަނީ ޒުވާނުން މިކަމުގައި އިސްނަގައިގެން މަސައްކަތްކުރާ ތަން ދެކިލެއްވުމަށް ކަމަށެވެ.
ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު މިސް ހަނާން ސުލައިމާން ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުންނަށް ތިމާވެށީގެ މައްސަލަތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއް ކަަމަށެވެ. އެގޮތުން މަންހަޖު މުރާޖައާކުރުމާއި މުދައްރިސުންނަށް ތަމްރީނު ދިނުމަކީ ޔުނިސެފްއިން އިސްކަންދޭ ކަންތައްތައް ކަަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން އެއްބަސްވެވަޑައިގަތީ ކުރިއަށް އޮތްތަނުގައި އެ ދާއިރާތަކުން އެއްބާރުލުން އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމަށް ކަަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.