ads
ހައިވޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހާ
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފި
ހައިވޭގައި އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

މި އެކްސިޑެންޓް ހިނގީ އިއްޔެ މެންދުރު އެވެ. ފުލުހުން ބުނީ އެކްސިޑެންޓްވީ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުން އެހެން ސައިކަލެއް ގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވި އެވެ. އެއީ ދިވެހި ފިރިހެނަކާއި އަންހެނެކެވެ. އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުންނެވެ. ފިރިހެން މީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ. 

ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރި ސައިކަލު އެކްސިޑެންޓްވުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައިގައި އެ ސައިކަލު ދުއްވަން އިން ބ. އޭދަފުށި ފަސްމީރު، އުމުރުން 22 އަހަރުގެ ޝުނާން މުހައްމަދު ޝާކިރު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;