މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 16 ޕަސަންޓު ދަށް އަދަދެކެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ހަރަދުކުރި 10.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރު ހަރަދުކުރި އަދަދު 1.7 ބިލިއަން ރުފިޔާ ދަށެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މީގެ އިތުރުން ބްރިޖު މަޝްރޫއަށް 956 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ހައުސިން މަޝްރޫއުތަކަށް 577 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 527 މިލިއަން ރުފިޔާއާއި މަގު ހެދުމުގެ މަޝްރޫއުތަކަށް 525 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.