ads
ފޮޓޯ: ހަޔާ އެޑިއުކޭޝަންގެ އިސްބޭފުޅުން ޕުޓްރާޖަޔާ ފެސްޓިވަލްގެ ތެރެއިން
ހަޔާ އެޑިއުކޭޝަނުން މެލޭޝިއާގެ އައިޑިއާ ފެސްޓިވަލްގައި ބައިވެރިވެއްޖެ
މި އަހަރު މެލޭޝިޔާގައި ކުރިއަށްދިޔަ، "ފެސްޓިވަލް އައިޑިޔާ ޕުޓްރަޖާޔާ" ގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބައެއް އިސްބޭފުޅުން ބައިވެރިވަޑައިގެންފިއެވެ.
Advertisement

މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް ލިބިފައިވަނީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސެސް (އީއެމްޖީއެސް) ގެ ދައުވަތަކަށް މެލޭޝިޔާއަށް ކުރެވުނު ދަތުރުގެ ތެރެއިން ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ފެސްޓިވަލްގެ ތެރެއިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މެލޭޝިޔާގެ އެކި ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް، އެ ދަރިވަރުނަށް ދިމާވާ އުނދަގޫތަކާއި ކަންބޮޑުވުންތަށް ދެނެގަތުމުގެ އިތުރުން މިނިސްޓްރީގެ ފަރާތުން ފޯރުކޮއްދެވެން ހުރި އެހީއާއި އެއްބާރުލުމާއި ގުޅިގެން މަޝްވަރާކޮއްފައި ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.

މަތީ ތައުލީމީ ދައިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅުންނާއި، އެކި ގައުމުތަކުން މެލޭޝިޔާގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުން ބައިވެރިވާ، "ފެސްޓިވަލް އައިޑިޔާ ޕުޓްރަޖާޔާ" ގައި މިނިސްޓްރީގެ ފަރާތުން، ސްޓޭޓް މިނިސްޓާ ޑރ. އަބްދުލް ރަހީމް ހަސަން، ޑެޕިއުޓީ މިނިސްޓާ، އައިމިނަތު ނަދާ މުހައްމަދު، ނޭޝަނަލް ކެރިޔާ ސާވިސެސް (އެންސީއެސް)ގެ ފަރާތުން ޑެޕިއުޓީ މިނިސްޓާ، ޝަހީދާ އަލީ އަދި މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ މި ފެސްޓިވަލްގައި ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް