އޮޅުވާލައިގެން ކޮވިޑް ދުވަސްވަރު، އިންކަމް ސަޕޯޓުގެ ގޮތުގައި 1500 ރުފިޔާ، އިކޮނޮކިމް މިނިސްޓްރީން ހޯދި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ށ. މިލަންދޫ ފިރިހެނެއްގެ މައްޗަށެވެ.
އޭނާއަށް ދައުލަތުން ދިން 1500 ރުފިޔާ ދެ ހަފްތާ ތެރޭ ދައްކަން ކޯޓުންވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ އެ މީހާގެ ގައިރު ހާޒިރުގައެވެ.
ކޮވިޑް ދުވަސްވަރު ދައުލަތުން ދިން އިންކަމް ސަޕޯޓު އޮޅުވާލައިގެން ހޯދި ބައެއް މީހުންގެ މައްޗަށް މީގެ ކުރިންވެސްވަނީ ދައުވާކޮށްފައެވެ.