މަޖިލީހުގެ ރައީސް މުހައްމަދު އަބްދުއްރަހީމް ވިދާޅުވީ މި މައްސަލައިގެ ޝަރުތު ހަމަނުވާތީ ބަލައިނުގަންނަ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މީކާއިލް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެންސްޕާއިން ކުއްޔަށް ހިފި އިމާރާތުގެ ދެ ފްލޯ މޯލްޑިވްސް މީޑިއާ ހައުސްއިން ހިންގާ އެމްއެމްޓީވީއަށް ކުއްޔަކާ ނުލައި ދީފައިވާ ކަމަށެވެ. އަދި އެމްއެމްޓީވީގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެނީ ދައުލަތުގެ ބަޖެޓުން ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.
އެންސްޕާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މައްސަލަ ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި އެދިފައެވެ. އޭސީސީން ބުނީ މި މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.