އެސްޓީއޯއިން މިއަދު ބުނެފައިވަނީ ޗައިނާގެ ކުންފުންޏަކާ އެކު ހިންގަން ނިންމި މި މަޝްރޫއު ބަދަލުކޮށްފައިވަނީ ފުށިދިއްގަރު ފަޅަށެވެ. ނަމަވެސް މަޝްރޫއު ބަދަލުކުރި ސަބަބެއް އެސްޓީއޯއިން ހާމައެއް ނުކުރެ އެވެ.
މި މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މަޝްރޫއު ބަދަލުކުރި ފުށިދިއްގަރު ފަޅަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ރަސްމާލެ ސިޓީގެ ނަމުގައި އާ ސިޓީއެއް ތަރައްގީކުރަން ހިއްކާ ފަޅެކެވެ. އަދި މި މަޝްރޫއަށް ބިން ދޫކުރުމާ އެކު ރަސްމާލެ މަޝްރޫއުގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.