ލަންކާ އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާއަކީ، މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ. އަދި މި މީހަކީ ވަކީލްގެ ދެމަފިރިންނަށް ހަމަލާދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ތުހުމަތުވާ މީހާއެވެ.
އުމުރުން 23 އަހަރުގެ މި މީހާ ރާއްޖޭގައި އުޅެނިކޮށް ހައްޔަރުކޮށް އޭނާ ވަނީ އަނބުރާ ލަންކާއަށް ފޮނުވާލާފައެވެ. އެނގިފައިވާ ގޮތުގައި މި މިހާ ރާއްޖެއިން އަތުލައިގަތީ ރާއްޖެ އަށް އެތެރެނުވެވެނީސް އިމިގްރޭޝަނުންނެވެ. މިމަހުގެ 3 ވަނަ ދުވަހު ހިފެހެއްޓީ މީހާ އިއްޔެ މެންދުރު ފަހު އަނބުރާ ލަންކާއަށް ފޮނުވާލަންދެން އޭނާ ބަހައްޓާފައި ހުރީ އިމިގްރޭޝަންގެ ޑިޓެންޝަނުގައިކަން ވަނީ އެނގިފައެވެ.
މި މީހަކީ 2021-2022 އަށް ރާއްޖޭގައި ވަޒީފާ އަދާކޮށްފައިވާ މީހެއްކަންވެސް ވަނީ އެނގިފައެވެ.
އެމީހާ ރާއްޖެއިން ފޮނުވާލުމުން ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ވަނީ ހުކުރު ދުވަހު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އެމީހާ ފޭބުމުން ހައްޔަރުކޮށްފަ އެވެ.
ގާނޫނީ ވަކީލާއި އޭނާގެ އަނބިމީހާ މަރާލީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަމަލު ތަލަންގަމާގެ އަކުރެގޮޑާގަ އެވެ. ބަޑި ޖަހާފައި ވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ދެމަފިރިން ތިއްބަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;