މިދިޔަ މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ތިން ބޭފުޅުންގެ މަގާމު ދަމަހައްޓައި އިތުރު ދައުރަކަށް އައްޔަނުކުރުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ނިޔުޝާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 79 މެންބަރުން ވޯޓު ދެއްވިއިރު ފިލްޒާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 80 މެންބަރުން އަދި ތަލްހަތު މަގާމުގައި ބަހައްޓަން ފެންނަ ކަމަށް 80 މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.
މިއަދު މަޖިލިސް އިދާރާގައި އޮތް ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަހުދުގެ ލިޔުމުގައި ސޮއިކުރައްވާފަ އެވެ.