ރައީސް އޮފީހުން ބުނީ މި މައްސަލައާ ގުޅޭގޮތުން އިއްޔެ ބޭއްވި މިނިސްޓަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ފިނޭސްމިނިސްޓްރީ އިން ފޮނުވި ސިޓީއަށް އަމަލު ނުކުރަން ނިންމި ކަމަށެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މާލީ މިނިސްޓްރީން ބުނީ ޑަބަލް ޕެންޝަން ލިބޭ މުވައްޒަފުންގެ އަދަދު ގިނަވުމާއި، އެތައް އަހަރެއް ވަންދެން ލިބެމުން އައި އިނާޔަތެއް ކަނޑާލުމަކީ އެ މުވައްޒަފުންގެ ކަންބޮޑުވުމަކަށް ވާނެތީ، އެލަވަންސަށް ބަދަލު ނުގެނައުމަށް ނިންމީ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރު ޕެންޝަނަށް 266 މިލިއަން ރުފިޔާ ހޭދަކުރާއިރު، އަންނަ އަހަރު 272 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން 2030 ވަނަ އަހަރާ ހަމައަށް ދާއިރު ޕެންޝަނަށް އެކަނި 4.3 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއް ހޭދަވާނެ އެވެ.