ތިމަރަފުށިން ދެވަނަ ބުރު ޔަގީން ކޮށްފި
ސްޕޯޓްސް ޓީމް
02 ޑިސެމްބަރ 2024 - 20:43:18
މިހާރު ކުރިއަށްދާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ތުޅާދޫ ބަލިކޮށް ތިމަރަފުށިން ދެވަނަ ބުރު ޔަގީންކޮށްފިއެވެ.
މިއަދު ހަވީރު ތިމަރަފުށިން ތުޅާދޫގެ މައްޗަށް ކުރި ހޯދީ، ހަތަރު ލަނޑު ދެ ލަނޑުންނެވެ. މިއަދުގެ މެޗާ އެކު، ގްރޫޕް ބީގެ މެޗުތައް ނިމުނު އިރު، މި ގްރޫޕްގެ އެއް ވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ބ. އޭދަފުށްޓެވެ. ދެ ވަނަ މާލެ ސިޓީއަށް ލިބުނު އިރު ތިންވަނައަށް ދިޔައީ ތިމަރަފުށްޓެވެ. ތުޅާދޫ ދިޔައީ ގްރޫޕުގެ ފުލަށެވެ.
ގޯލްޑް ކަޕްގެ ދެ ވަނަ ބުރު ކުރިއަށްދާނީ ފުރަތަމަ ބުރުގެ 17 ޓީމުގެ ތެރެއިން އެންމެ ރަނގަޅު 12 ޓީމު، ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ދެ ވަނަ ބުރުގެ 12 ޖާގައިގެ ތެރެއިން ފަސް ޖާގައެއް ވަނީ މިހާރު ކަށަވަރުވެފަ އެވެ. އެ ޖާގަތައް ހޯދީ، ފުވައްމުލައް ސިޓީ، މާލެ ސިޓީ، ބ. އޭދަފުށި، ރ. އަލިފުށި އަދި ތިމަރަފުށިންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް