ads
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެރަށު ޑޭޒީފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން
މުހައްމަދު މަރުވީ ގެނބިގެން، މީހެއްގެ ބައިވެރިވުމެެއް ނެތް
ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު އެ ރަށު ޑޭޒީފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން މަރުވެފައިވަނީ ގެންބިގެންކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 11 ވަނަދުވަހުއެވެ. އެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާ ޕޯސްޓްމޯޓަމް ހަދާފައެވެ. 

މި މަރާއި ގުޅޭ މައުލޫމާތު ހާމަކުރަމުން ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މުހައްމަދު ހަސަން އެ ރޭ ދަންވަރު ބަނދަރުމަތީގައި އުޅޭތަން ސީސީޓީވީ ފުޓޭޖުން ފެނިފައިވާކަމަށެވެ. އަދި އޭނާ އެރަށު ބަނދަރުގެ ވާޓަރު މަތިން ފެނުނު އިރު އެ ސަރަހައްދުން އިތުރު އެހެން އެއްވެސް މީހެއްގެ ހަރަކާތެއް ފެނިފައި ނުވާކަމަށް ސާމިހު ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ މުހައްމަދު ހަސަން ބަނދަރު މަތިން މޫދަށް ވެއްޓުނު ކަމަށް ބެލެވެނީ 2:55ހާއިރު ކަމަށެވެ. ވިދާޅުވި އެވެ. މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނު އިރު ހަށިގަނޑުގައި ބައެއް ތަންތަން މަށައިގެން ގޮސްފައިވާ ކަމުގެ ނިޝާންތަކެއް ހުރި ނަމަވެސް މީހެއްގެ ފަރާތުން އަނިޔާއެއް ދީފައިވާކަމަުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ސާމިހު ވިދާޅުވިއެވެ. 

މުހައްމަދު ހަސަންގެ ޕޯސްޓް މޯޓަމް ރިޕޯޓާއި ގުޅޭ މައުލޫމާޔު ދެމުން ފުލުހުން މިއަދު ބުނީ އޭނާ މަރުވެފައިވަނީ ގެނބިގެންކަމަށް ރިޕޯޓްގައިވާކަމަށެވެ. އެހެންނަމަވެސް ޕޯސްމޯޓަމްގެ ދާއިމީ ރިޕޯޓް އަދި ލިބިފައި ނުވާކަމަށާއި މައްސަލައިގެ ތަހުގީގު ނިންމާނީ އެ ރިޕޯޓް ލިބުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް