ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތު ކުރެވެނީ އުމުރުން 44 އަހަރުގެ އަންހެނެކެވެ. މާރުކޭޓް ސަރަހައްދުގައި ހިނގި މި ހާދިސާއާ ގުޅިގެން އެ އަންހެން މީހާވަނީ ހައްޔަރުކޮށްފައެވެ.
އަންހެން މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އޭނާގެ ބަންދު ޖަހާފައިވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި އަންހެން މީހާގެ މައްޗަށް މާރާމާރީއާއި، އާއްމު އުދަގޫ ކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުވަނީ ކުރެވިފައެއެވެ.
މި އަންހެން މީހާވަނީ އޭނާއަށް ފުލުހެއްގެ ގައިގައި ދަތް އެޅުނުކަން ނޭގޭ ކަމަށް ކޯޓުގައި ބުނެފައެވެ.