![](https://cnm.mv/media/images/chinanannaaa.jpeg)
މި މަގު ބައްތިތަތަކީ ރާއްޖޭގައި ހުންނެވި ޗައިނާ ސަފީރު ވޮން ލީޒިންގެ އިސް ނެގުމަކަށް ގުރައިދޫއަށް ހަދިޔާކުރި ބައްތިތަކެކެވެ. ޗައިނާއިން ވަނީ ގުރައިިދޫއަށް 100 މަގު ބައްތި ހަދިޔާކޮށްފައެވެ. މީ އެރަށް ސަފީރު ކުރެއްވި ދަތުރެއްގެ ތެރެއިން ހަމަޖެހުނު ތަކެތިކަމަށް ސަރުކާރުން ބުނެއެވެ.
މި ތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެޑައިގަތީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. ޗައިނާގެ ފަރާތުން މި ތަކެތި ހަދިޔާކުރެއްވީ ސަފީރު ވޮން ލީޒިންއެވެ.
މި މަގު ބައްތިތައް ލިބުމުން ގުރައިދޫ ކައުންސިލުން ވަނީ ޗައިނާ ސަފީރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޮން ލީޒިން ދައުރު ވަނީ ފުރިހަމަވެފައެވެ. އެކަމަނާއި އިއްޔެވަނީ ވަދާއީ ޒިޔާރަތްވެސް ރައީސް ޑރ. މުއިއްޒު އަރިހަށް ކުރައްވާފައެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ވަންގް ލިޒިން ވަޑައިގަތީ ސެޕްޓެމްބަރު 6، 2021 ގައެވެ