މި ހަދިޔާގެ އަގަކީ 240،000 ރުފިޔާ އެވެ.
އެޗްޑީސީގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި ހަރަކާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ގޭމިން ރޫމްތައް ހަވާލުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.
ފިޔަވަތީގެ ފަރާތުން މި ހަދިޔާއާ ހަވާލުވެ ވަޑައިގެންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސްމާ ހަސަން މަނިކެވެ. އޭނާ ވިދާޅުވީ މި ގޭމިން ރޫމްތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު އަދި ބޭނުންތެރި އެއްޗެއް ކަމަށެވެ.
އެޗްޑީސީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަތި ފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.